ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެ ސިއްޙީ މަރުކަޒުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ޝުކުރު އަދާކޮށްފިއެވެ.

ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެކަން ފާހަގަކޮށް ދުވާފަރު ސިއްޙީ މަރުކަޒުން ޝުކުރު އަދާކުރީ އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާ މެދުވެރިކޮށެވެ.

Ad
rt

އެމްޓީޓީސީން ‏ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވަނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

އެގޮތުން އެ ދުވާފަރު ސިއްޙީ މަރުކަޒު ކުރިމަތީ އެމްޓީސީސީން ވަނީ 50 ފޫޓު 30 ފޫޓުގެ ޕޭވްމަންޓެއް އަޅައިދިނުމުގެ މަސައްކަތް ކޮށްފައެވެ.

"މި ހެލްތް ސެންޓާރގެ އެންބިއުލެންސް ތައް ވަދެނުކުތުމުގައި ދިމާވާދަތިތަކަށް ޙައްލުހޯދުމަށް ގޮތުން “ އެންބިއުލެންސް ބޭ “ ގެ އެންމެހާ މަސަތްކަތް ކޮށްދެއްވިކަމަށްޓަކައި އެމް.ޓީ.ސީި.ސީ އިން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން."

އެކަންފާހަގަކޮށް ދުވާފަރު ސިއްޙީ މަރުކަޒުން ބުނެފައި ވެއެވެ.

އެމްޓީސީސީން އެމަސައްކަތް ނިންމާލީ 22 ޑިސެމްބަރ 2020 ވަނަ ދުވަހު އެވެ.

އެމްޓީސީސީން ގެންދަނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ވެސް އެ ރަށުގައި ކުރިޔަށް ގެންދަމުންނެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ޕޭވްމަންޓު ހެދުމަށް ހަމަޖެހިފައިވެ އެވެ.