މަސްވެރިކަމުގައި އުޅެނިކޮށް ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެހާދީސާގައި މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ 40 އަހަރު ދިވެހި މަސްވެރިއަކަށްކަމަށެވެ.

Ad
rt

ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު "ޒިކުރާ" ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމު އުޅެނިކޮށް އެ މަސްވެރިޔާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް އޭނާ ގައިގާ ހިފާ ޒަޚަމްކޮށްލާފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިމިހާއަށް ލިބިފައިވާ ޒަޚަމްގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވިނަމަވެސް އެމީހާގެ ފައިގެން މައި ނާރަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި މީހާއަށް އަވަސް ފަރުވާދިނުމަށް ޅ. ނައިފަރަށް ވަނީ މިހާރު ގެންދެވިފައިކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ހެނދުނު 9:36 ހާއިރުއެވެ.