މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 10:30 އިން ހަވީރު 16:00 އަށެވެ.

Ad
rt

މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކުރަށްވާފައި އެވެ.

ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު، އެ އިދާރާއިން ގެންދަވަނީ ދުރާލާ މޫސުމާ ބެހޭ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށް ދެއްވަމުންނެވެ.