ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫގައި ބާއްވައި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ.
ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ.
އެރަށުގައި ހަވާއެރުވުން އޮތީ މިރޭ 20:00 ހާއިރުއެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ.
ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދާއިރު، 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމާއި ހަވާއެރުވުން އިއްޔެ ކުޅުދުއްފުށީގައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، މާދަމާ އިހަވަންދޫގައި މި ހަރަކާތްތައް ކުރިއަށް ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!