ބަޖެޓް 2022: 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން ހިމަނައިފި
ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާދިނުމަށް އެޅޭ ހުރަސްތަކަށް ޙައްލު ހޯދުމަށް 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްއަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭން މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ، ޞިއްޙީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި...