މާލެ ސިޓީ ކައުންސިލް ވަޒީފާތަކަށް ބިދޭސީން ނުނަގަން ނިންމައި، ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ނިންމައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާފައި ވަނީ އިއްޔެ އޮތް މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގައެވެ.

Ad
rt

މީގެއިތުރުން މިހާރު ކައުންސިލްގެ ވަޒީފާތަކުގައި ތިބި ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

ބިދޭސީން ތިބި ވަޒީފާތަކަށް ހުސްވާ ޖާގަތަކަށާއި، އިތުރަށް ނަގާ ވަޒީފާތަކަށް ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ވެސް ކައުންސިލް ބައްދަލުވުމުގައި ނިންމިއެވެ.

މިގޮތުން މާލޭ ސިޓީ ކައުންސިލްތަކުގެ ވަޒީފާތައް ދިނުމުގައި ޒުވާނުންނަށް ވަކި ހާއްސަ އިންސަތައެއް ކަނޑައެޅުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މާލޭ ސިޓީ ކައުންސިލުން މާލޭ މަގުތައް ބެލެހެއްޓުމާއި، މަރާމާތާއި، އެކިއެކި މަސައްކަތުގައި މިހާރު ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާކަން ފާހަގަކޮށްލެވެއެވެ.