Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,578 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ކުޅުދުއްފުށި ސީޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިއްޔެ މެންދުރުފަހު ކުޅުދުއްފުށި ސިޓީކައުންސިލުގައި ކުރިއަށް...

އިންޑިއާގެ އައު ސަފީރު މުނު މަހާވަރް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
Raajje

އިންޑިއާގެ އައު ސަފީރު މުނު މަހާވަރް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އަވަށްޓެރި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އިންޑިއާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީ...

"އިޤްތިޞާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކީ ނޫން"
Raajje

"އިޤްތިޞާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކީ ނޫން"

ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށާއި، އޭގެ ނަތީޖާ މަޑުމަޑުން ފެންނަމުންދާއިރު، އިޤްތިޞާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކީ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި “ގޯލްޑް 100 ގާލާ” ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ....

100 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 500 ފޯމު، އޮޑިޝަން ފަށަނީ
Raajje

100 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 500 ފޯމު، އޮޑިޝަން ފަށަނީ

ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 500 ފޯމް ލިބިފައިވާ ކަމަށް މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ހެޑް، މަޝްހޫރު ދީނި އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް ވިދާޅުވީ، ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުގައި ބައިވެރިވުމަށް އެދި 500 ފޯމް ލިބިފައިވާ [...

215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް
Raajje

215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް

215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ރ. މަޑުއްވަރިއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އެރަށު ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި އެރަށު ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ. މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކ...

13 ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފި
Raajje

13 ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފި

ތޭރަ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ފުލުހުންގެ ޚިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ކަންބޮޑުވުން ފާޅުކުރެއްވީ ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން އާންމުކުރެއްވި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ފުލުހުން ވިދާޅުވެފައި ވަނީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި، ޖެން...

ތަޖިކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދެނީ
News

ތަޖިކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދެނީ

އަންނަ 2022 ވަނަ އަހަރުން ފެށިގެން ތަޖިކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބޭ ގޮތް ހަމަޖައްސައި ދެއްވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭން ނިންމި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގުޅުންތަކުގެ […]

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި
Thiladhunmathi News

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސ...

މާއުނގޫދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި
Thiladhunmathi News

މާއުނގޫދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިއީ ފެހުމުގެ އެޑްވާންސް ކޯހެކެވެ. މާއުނގޫދޫގެ 30 ކަނބަލަކު ވަނީ މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ކޯހުގެ ބައިވެރިން ފެހި ތަކެތި އާންމުކޮށް ދައްކާލުމުގެ ހަރަކާތެއް ވެސް އެ ކޮމެޓީން ވަނީ އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންގޮސްފައެވެ. މި ކޯހުގައި ކިޔަވައި ދީފައި […]

ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
Thiladhunmathi News

ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. “ސަމައްތަރު” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ނަރުދޫ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި އަހަރުގެ ސެޕްޓެމްބަރު 1 އިން 30 ގެ ނިޔަލަށެވެ. ނަރުދޫގެ 40 ކަނބަލަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދަނީ...

އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: ރައީސް
Raajje

އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: ރައީސް

އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެދިވަޑައިގަތީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސްގެ ޞާލިޙް ވިދާޅުވީ، މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އިސްލާމީ ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅު...

އަވަށްޓެރި ފުލުހުންގެ ހިދުމަތާއެކު މޭޔަރު އާތިފްގެ އުންމީދު
Thiladhunmathi News

އަވަށްޓެރި ފުލުހުންގެ ހިދުމަތާއެކު މޭޔަރު އާތިފްގެ އުންމީދު

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭ ފަށާފައިވާއިރު، އެ ހިދުމަތާއެކު އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތަށް ރަނގަޅު ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމުގައިދެކިވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެ...

ރައީސް ޞާލިޙް ޑަބްލިއުޓީއެމްއަށް ޒިޔާރަތްކުރައްވައިފި
Raajje

ރައީސް ޞާލިޙް ޑަބްލިއުޓީއެމްއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ޑަބްލިއުޓީއެމްގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް “ކޮޕް26” ގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދުއެވެ. ރައީސް ޞާލިޙް މިއަދު ވަނީ ވޯރލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް...

ނަސްރުގެ ދުވަސް ފަނޑުވިޔަ ނުދިނުމަށް ގޮވާލައި މާލޭ މޭޔަރުގެ އިލްތިމާސެއް
Raajje

ނަސްރުގެ ދުވަސް ފަނޑުވިޔަ ނުދިނުމަށް ގޮވާލައި މާލޭ މޭޔަރުގެ އިލްތިމާސެއް

ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ. މިއަދަކީ ދިވެހިންގެ މަދު ބަޔަކާއި، ބޭރު ކުލީ ސިފައިން ގުޅިގެން ވެރިރަށް މާލެއަށް އަރައި ދިވެހިންތަކެއް ޝަހީދުކޮށް، 18 ވަރަކަށް ގަޑިއިރަށް ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ދުވަހެވެ. ދިވެހި ތާރީޚްގައި ކަޅާއި ހުދުން ލިޔެވިފައިވާ މި ހިތްދަތި ހާދިސާ ހިނގީ 3 ނޮވެމްބަރު 1988 ވަނަ އަހަރުއެވެ. ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަމުން އަންނަނީ ނަސްރުގެ ދުވަހުގެ […]

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެގަތުމަށް ހަދާ ދިރާސާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެގަތުމަށް ހަދާ ދިރާސާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވާ ރީސަރޗް ގުރޫޕުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މަޝްވަރާގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވ...