2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހދ. ކުޅުދުއްފުށި، ވިނަމާގެ، އައިޝަތު ރިޒްނާ އުމަރު ހިމެނިއްޖެއެވެ.

ރިޒްނާއަކީ ސެންޓަރ ފޯ ހަޔާސެކެންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)އިން އުނގެނުނު ދަރިވަރެކެވެ.

Ad
rt

2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުން ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ.

މި ދަރިވަރުންނަށް އިނާމާއި، މެޑެލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ޞާލިޙްއެވެ. މިދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ވަނީ 19 ޖުލައި 2020ގައި ހަވާލުކޮށްދެއްވާފައެވެ.

އޭ ލެވެލްއިން ރާއްޖެ އިން އެއްވަނަ ހޯދި އިތުރު ދަރިވަރުން

  • މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ
  • މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ ދެވެލި، ސީއެޗްއެސްއީ
  • މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ
  • ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ

މީގެއިތުރުން މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 8 ދަރިވަރަކު ވަނީ ހިމެނިފައެވެ. މިދަރިވަރުންނަށް ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އިނާމާއި، މެޑެލް އަދި ހަނދާނީ ލިޔުން ދީފައެވެ.