Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,144 Stories
2,666 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

އާރުޓީއެލް ދަތުރުތައް ހއ. އަތޮޅުގައި މި މަހު ފަހުކޮޅު ފަށަނީ
Thiladhunmathi News

އާރުޓީއެލް ދަތުރުތައް ހއ. އަތޮޅުގައި މި މަހު ފަހުކޮޅު ފަށަނީ

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި މި މަހު ފަހުކޮޅުފަށައި، ށ. އަތޮޅުގައި ޖުލައިގެ ނިޔަލަށް ފަށަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ޖޫން މަހުގެ ފަހުކޮޅު ހއ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވ...

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އާ ދައުރަކަށް އިންތިޚާބުކޮށްފި
Raajje

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އާ ދައުރަކަށް އިންތިޚާބުކޮށްފި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ޢާންމުކޮށް އިޢުލާނު ކޮށްފިއެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ޚާއްސަގޮތުން ބޭއްވި އާންމު ޖަލްސާ ފެށީ މިއަދު މެންދުރުފަހު 13:30 ގައެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 765 އާންމު މެންބަރުންނެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ މިހާރު ބާ ކައުންސިލުން ޢިއުލާން ކޮށްފައިވާއިރު...

މޮޅަދޫ އަންހެނުންގެ ކޮމެޓީގެ 4 މެންބަރަކު އެމްޑީޕީއަށް ސޮއިކޮށްފި
Thiladhunmathi News

މޮޅަދޫ އަންހެނުންގެ ކޮމެޓީގެ 4 މެންބަރަކު އެމްޑީޕީއަށް ސޮއިކޮށްފި

ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެންބަރުން ތެރެއިން 4 މެމްބަރަކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކޮށްފިއެވެ. 2020 ވަނަ އަހަރު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މޮޅަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވި ފަސް މެންބަރުންނަކީ ވެސް މިނިވަން މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރަކު ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު އެ ކޮމެޓީއަށް އިނ...

ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި
Thiladhunmathi News

ކުޅުދުއްފުށީގައި 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުފުށީ ސިޓިގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، އެ ހަރަކާތްތަކުގެ ތެރެއިން 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް އެސިޓީގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއިއެކު އެރަށުގެ މުއައްސަސާތައް ގުޅިގެންނެވެ. “ފިނިފެހި ސިޓީ” ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސިޓީގެ އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮ...

ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި
Thiladhunmathi News

ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ތަކަކީ، ‏ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކުގައި މަސައްކަތްކޮށް، އެފަރާތްތަކުގެ ޙައްޤުތައް ހޯދައިދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަކޮށްގެން ހިންގުނު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމް ތަކެކެވެ. މި ތަމްރީން ޕްރޮގްރާމްތައް ފަށާފައި ވަނީ އިއްޔެއެވެ. ނިންމާލާނީ މިއަދުއެވެ. ޖެންޑ...

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި
Raajje

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް ފަރުމާކޮށް، އިމާރާތްކުރަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. އެ ހޮސްޕިޓަލްތަކަކީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ހޮސްޕިޓަލްތައް ފަރުމާކޮށް، ޑިޒައިން ކުރަން ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސ...

އަންހެނުންގެ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް ބޮޑުކުރަން މަސައްކަތްކުރާނަން: ރައީސް
Raajje

އަންހެނުންގެ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް ބޮޑުކުރަން މަސައްކަތްކުރާނަން: ރައީސް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި، އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ޗެއަރކުރައްވައި އެ ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ކުރިއަށް ދިޔަ އެ ކޮންފަރ...

ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ މުހިންމު އަމާޒެއް: ރައީސް
Raajje

ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ މުހިންމު އަމާޒެއް: ރައީސް

ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގައި ތަރައްޤީގެ އެންމެހައި ކަންކަން ގޮސް ގުޅެނީ ލާމ...

ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:49 ހާއިރުއެވެ. މި މައްސަލައާއި ގުޅިގެން އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަނ...

މީޑިއާ ކައުންސިލުން ކޯޓު ރިޕޯޓިން ވޯކްޝޮޕެއް ބާއްވައިފި
Raajje

މީޑިއާ ކައުންސިލުން ކޯޓު ރިޕޯޓިން ވޯކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދަޢުލަތުގެ ބައެއް މިނިވަން މުއްސަސާތައް ގުޅިގެން ރާއްޖޭގެ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، “ކޯޓް ރިޕޯޓިންގ ވޯކްޝޮޕް” އެއް އިއްޔެ ބާއްވައިފިއެވެ. އެމްއެމްސީން މައުލޫމާތު ދެއްވާގޮތުގައި މި ވޯކްޝޮޕަކީ ނޫސްވެރިންނަށް އިންތިޒާމް ކޮށްގެން ކޯޓުތަކުގެ މައްސަލަތަކާއި ގާނޫނީ މައްސަލަތަކުގެ ވަށައިގެންވާ މައްސަލަތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް އިތުބާރާއެކު ލިޔެ، ރިޕޯޓު ކުރުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ސެޝަންތައް ނަ...

ހަނިމާދޫގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް އިފްތިތާހްކޮށްފި
Thiladhunmathi News

ހަނިމާދޫގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް އިފްތިތާހްކޮށްފި

ފުލުހުންގެ ޚިދުމަތުގެ ރޯޑް ޕޮލިސްގެ ފަރާތުން ކުރިއަށްގެންދަވާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ހދ. ހަނިމާދޫގައި އިފްތިތާހްކޮށްފިއެވެ. ޓްރެފިކް މޮނިޓަރސް ޕްރޮގުރާމް އިފްތިތާހް ކުރުމަށް މި މަހު 19 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ، ހެޑް އޮފް ރޯޑް ޕޮލިސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން އެވެ. މި ރަސްމިއްޔާތުގައި ޓްރެފިކް މޮނީޓަރސް ޕުރޮގްރާމް ފުރިހަމަކުރި 31 ދަރިވަރުންނަށް ޓްރެފިކް މޮނިޓަރ ޓެގް އަދި ސެޓްފިކެޓް ހަވާލުކުރެވިފައިވާ ކަމަށް ރޯޑް ޕޮލިސް...

ވީއައިިއޭގެ މަޝްރޫއުތައް ރައީސް ޞާލިޙް ބައްލަވާލައްވައިފި
Raajje

ވީއައިިއޭގެ މަޝްރޫއުތައް ރައީސް ޞާލިޙް ބައްލަވާލައްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ހަވީރު ވަނީ ވީއައިއޭ އަށް ޒިޔާރަތް ކުރަށްވާފައެވެ. މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއާޕޯޓު ބައެއް ސަރަޙައްދުތަކަށް ވަޑައިގެން، އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން އެއާޕޯޓުގެ އައު ސީޕްލޭން ޓަރމިނަލް، ފަޔަރ ސްޓޭޝަން، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ، ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކ...

ފޭސް ދޭއްގައި އަޅާ އިސްލާމިކް ސެންޓަރު ޑިޒައިންކޮށްގެން ހަތް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު
Raajje

ފޭސް ދޭއްގައި އަޅާ އިސްލާމިކް ސެންޓަރު ޑިޒައިންކޮށްގެން ހަތް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

އެއް ވަނަ އަށްދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭގޮތަށް، ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިއަދު ހުޅުވާލި މިފުރުސަތުގެ ދަށުން މި މުބާރާތުގެ 1 ވަނައަށް ދާ ފަރާތަކަށް […]

ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، ހައްލު ހޯދޭނެ: އަފްޝަން
Raajje

ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، ހައްލު ހޯދޭނެ: އަފްޝަން

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙްތައް ތަންފީޒުކޮށް ޙަޤީޤީ މަންފާ ލިބުމަށް ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، ކުރެވެމުންދާ މަސައްކަތާއެކު އެކަމަށް ހައްލު ހޯދޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ އިއްޔެއަކީ އެއް އަހަރު ފުރޭ ދުވަހެވެ. ހަތަރ...

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެއްޖެ
Raajje

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެއްޖެ

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކ. އަތޮޅު ރަށެއްގެ ސްކޫލް ކުއްޖެއް ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:34 ހާއިރުއެވެ. މި މައްސަލައާއިގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.