ފުލުހުންގެ ޚިދުމަތުގެ ރޯޑް ޕޮލިސްގެ ފަރާތުން ކުރިއަށްގެންދަވާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ހދ. ހަނިމާދޫގައި އިފްތިތާހްކޮށްފިއެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގުރާމް އިފްތިތާހް ކުރުމަށް މި މަހު 19 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ، ހެޑް އޮފް ރޯޑް ޕޮލިސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން އެވެ.
މި ރަސްމިއްޔާތުގައި ޓްރެފިކް މޮނީޓަރސް ޕުރޮގްރާމް ފުރިހަމަކުރި 31 ދަރިވަރުންނަށް ޓްރެފިކް މޮނިޓަރ ޓެގް އަދި ސެޓްފިކެޓް ހަވާލުކުރެވިފައިވާ ކަމަށް ރޯޑް ޕޮލިސްއިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ރޯޑް ޕޮލިހުންގެ ފަރާތުން ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމަށް ހަނިމާދޫ ކައުންސިލާއި ފުލުހުން އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މެއި 19 ވަނަ ދުވަހު މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
އަދި މެއި 18 ވަނަ ދުވަހު ހަނިމާދޫ ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!