ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކ. އަތޮޅު ރަށެއްގެ ސްކޫލް ކުއްޖެއް ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:34 ހާއިރުއެވެ.
މި މައްސަލައާއިގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!