ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:49 ހާއިރުއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.

މި މައްސަލަ އިތުރަށް ތަހްގީގުކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.