ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެންބަރުން ތެރެއިން 4 މެމްބަރަކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކޮށްފިއެވެ.
2020 ވަނަ އަހަރު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މޮޅަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވި ފަސް މެންބަރުންނަކީ ވެސް މިނިވަން މެންބަރުންނެވެ.
އޭގެ ތެރެއިން ހަތަރު މެންބަރަކު ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު އެ ކޮމެޓީއަށް އިންތިޚާބުވި ފަސް މެންބަރުންކުރެ ބާކީ ހުންނެވި މެންބަރު އަދި ވެސް ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.
މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތަރު މެންބަރަކު އެމްޑީޕީއަށް ސޮއި ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލްކުރާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވަނީ އެ މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޝިފާޢު ވަނީ މޮޅަދޫއާއި މިދިވެހިރާއްޖޭގެ އުއްމީދުތަށް އެމްޑީޕީއާއި ގުޅިފައިވާ ކަމަށް ވިދާޅުވެފައެވެ.
ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 4 މެމްބަރުންނަށް އެމްޑީޕީއަށް މަރުހަބާ ދަންނަވަން. މޮޅަދޫއާއި މިދިވެހިރާއްޖޭގެ އުއްމީދުތަށް ގުޅިފައިވަނީ @MDPSecretariat އެކުގައި. https://t.co/LmcgmS4KKb
— Mohamed Shifau (@mhshifau) June 9, 2022
މޮޅަދޫ ކައުންސިލް ތަމްސީލްކުރާ 5 ކައުންސިލަރުން ކުރެ 2 ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރުންނެވެ. އަނެއް ތިން ކައުންސިލަރުންނަކީ މިނިވަން މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!