ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ވެލިނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ވެލި ނަގަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

Ad
rt

އެގޮތަށް ޤަވާއިދާ ޚިލާފަށް ވެލިނަގަމުން ގެންދާ ފަރާތްތަކާއި މެދު ޤާނޫނުތަކާއި ޤަވާއިދުތަކުގައި ވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

" 2020 އެޕްރީލް 5 ވަނަ ދުވަހުން ފެށިގެން ރަށުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ސަރަޙައްދަކުން އަދި އިޚްތިސާސްގެ ބޭރުންވިޔަސް ވެލި ނަގަމުން ގެންދާންވާނީ ރަށުކައުންސިލްގެ ލިޔެކިޔުމުގެ ހުއްދަދެވޭ ފަރާތްތަކުންނެވެ." ހޯރަފުށި ކައުންސިލުން ބުނެފައިވެއެވެ.

ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ވެރިންނާއި ޑްރައިވަރުންވެސް ވެލިގެންދިއުމުގެ ދަތުރުތައް
ކުރުމުގައި، ވެލިނަގާފައިވާ ފަރާތަކީ ރަށު ކައުންސިލްގެ ރަސްމީ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ ދަތުރުތައް ނުކުރުމަށާއި، ރަސްމީ ހުއްދަ ނުލިބި ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތައް ކަމުގައި ވާނަމަ، އެފަދަ ދަތުރުތައް ނުކުރެއްވުމަށްވެސް އެ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.