ސިއްހީ ހިދުމަތްތެރިންނަކީ ފުރާނަ އަތްމައްޗަށް ލައިގެން ރެޔާއި ދުވާލު އަޅުގަނޑުމެންގެ ޚިދުމަތުގައި ތިބި ބަޔެކެވެ. އެ ޚިދުމަތްތެރީންނަށް މުޅިދުނިޔެ ވަނީ ދަރާފައެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި ތަންވަޅަކީ މުޅިދުނިޔެ ބަލިމަޑުކަމަކަށް ހުށަހެޅިފައިވާ ދަނޑިވަޅެކެވެ. މުޅި ދުނިޔެ ހާސްކަމުގެ ތެރެއަށް ގަންބުވާލާފައ،ި ވާ ކޮވިޑް-19 ރޯގާ އަކީ ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތި ނުވާފަދަ ބަލި މަޑުކަމެކެވެ. އެބަލި ފެތުރޭ ގޮތްތައް ސައިންސްވެރިން އަދިވެސް ހޯދައިބަލައި، ދިރާސާ ކުރުމުގައި ތިބިއިރު މިހާލަތުގެވެސް އެންމެ ނުރައްކާ ކުރިމަތިވެފައިވާ، އެންމެ ބޮޑު ރިސްކެއް ކޮނޑު އަޅާފައިވާ ބަޔަކީ ސިއްހީ ޚިދުމަތްތެރިންނެވެ. އެޚިދުމަތްތެރިން ރެޔާދުވާލު އަރާމެއް ނިންޖެއް ނެތި އުނދަގުލާއި ތުރާލުގެ ތެރެއިންވެސް މަސައްކަތް ކުރަމުން އެދަނީ ފުރާތަށް ސަލަމާތް ކޮށްދެވޭތޯއެވެ.

Ad
rt

ތޫނިސްގެ ޑޮކްޓަރެއް ކަމަށްވާ ޑރ.އުލްފާ އައްތުރުކީ އަކީ އެފަދަ އެތައްހާސް ސިއްހީ ހިދުމަތްތެރީން ތެރެއިން އެކަކެވެ. ފޮޓޯއިން ތިޔަ ފެނި ވަޑައިގަންނަވަނީ ކޮވިޑް-19 ޖެހި، ޢާއިލާއާ އެކަހެރިކޮށް ފަރުވާ ދެމުންދާ ދެމަހުގެ ތުއްތު ކުއްޖަކަށް ބުއްފުޅިދީ، ހޭހަންކޮށް ދިނުމުގައި މަސްއޫލުވެފައިވާ މަންޒަރެވެ. ޑރ.އުލްފާގެ ޢާއިލާއާ ދަރީންނާ ބައްދަލުކޮށްލަން ނުދެވި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ކުރުމުގައި މަހަކަށް ވުރެ ގިނަވެއްޖެއެވެ.

ޑރ އުލްފާ ހޮސްޕިޓަލްގައި

‏ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 1,365,065 އަށް އަރައިފިއެވެ. އަދި މިބަލީގައި މިހާތަނަށް 76,488 މީހުން މަރުވެއްޖެއެވެ.

ސިއްހީ ޚިދުމަތްތެރިން އެތިއްބެވީ އޭރުވެސް، މިހާރުވެސް އިންސާނީ ޚިދުމަތުގައެވެ. އަނެކުންނަށްޓަކައެވެ.

‏ދުނިޔޭގެ ސިއްހަތު ދުވަހަށް ދުނިޔޭގެ ސިއްޙަތު ޖަމްޢުއިއްޔާއިން އިން މި އަހަރު ޚާއްޞަ ކޮށްފައިވަނީ ނަރުހުންނަށާއި ފޫޅުމައިންނަށެވެ. އެބޭފުޅުން ހިމެނޭހެން މުޅިސިއްހީ ދާއިރާގެ މަސައްކަތަކީ އަގު ނުކުރެވޭނެ މަސައްކަތެކެވެ. މާތް ﷲ އެންމެހާ ސިއްޙީ ޚިދުމަތްތެރިންނަށް ހެޔޮގޮތް މިންވަރުކުރަށްވައި، ރައްކާތެރިކަމުގައި ލަހައްޓަވާށި! އާމިން.