ރ. ކިނޮޅަހު ރައްޔިތުންނަށް އެރަށު ކައުންސިލުން ދީލަތި އެހީތަކެއް ދޭން ނިންމައިފިއެވެ.

އެކައުންސިލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ރ. ކިނޮޅަހުގެ ގޭބިސީތަކަށް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހަދިޔާ ކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

އެގޮތުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ކުރިޔަށް އޮތް ރަމަޟާންމަހު 1 ބަސްތާ ހަނޑޫ، 1 ބަސްތާ ހަކުރު، 16 ކިލޯ ފުއް، 12 ދަޅު އަލަނާސި، 10 ކިލޯ ފިޔާ، 1 ކިލޯ ކަދުރު އަދި ½ ކޭސް ބިސް ހަދިޔާ ކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ކިނޮޅަހު ކައުންސިލުންވަނީ އެރަށުގެ ރައްޔިތުންނަށް ކޮވިޑް- 19 އާއި ގުޅިގެންވެސް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައެވެ.

އޭގެ ތެރޭގައި، އެކައުންސިލުން ހިންގާ ޤުރުއާން ކުލާހުގެ ފީ އޭޕްރިލް އަދި މެއި މަހު މަޢާފްކޮށްދިނުމާއި، ދަނޑު ގޮވާން ކުރުމަށް ހަ މަހަށް ހިލޭ ބިން ދޫކުރުމާއި އަދި ކުނި އުކާލުމުގެ ފީ މެއި މަހަށް މަޢާފް ކޮށްދިނުން ހިމެނެއެވެ.

" ކޮވިޑް-19 އާއި ގުޅިގެން ރަށުގެ ރައްޔިތުއްނަށް ދެވިފައިވާ ލުއިތަކާއި، ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ އިތުރުން ރަމަޟާން މަހަށް ފޯރުކޮދެވޭ އެހީތެރިކަން. މި ދަންޑިވަޅުގައި އެއްމެހާ ރައިޔިތުއްނަށް އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށާއި، އިސްރާފު ކުޑަކުމުގެ އިތުރުން ގިނަ ގިނައިން ﷲ ގެ ހަޟުރަތުގައި މި ނުރަށްކްކާތެރި ބަލިން އަޅަމެއް ސަލާމައި ކޮށްދެއްވުން އެދި ދުޢާ ކުރުމަށް ނަސޭހައިތެރިވަމެވެ." = ކިނޮޅަހު ކައުންސިލު =

ކިނޮޅަހަކީ އާބާދީގައި 641 އަށް ވުރެ ގިނަ މީހުން ތިބި، 54.2 ހެކްޓަރ ރަށެކެވެ.