ހއ. އުތީމުގެ ރަށްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލު ކައުންސިލާއި ހިއްސާ ކޮށްދިނުމަށް އެދިއްޖެއެވެ.
އުތީމު ކައުންސިލުން ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އުޅޭ އުތީމުގެ ރަށްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލު ދެނެގަންނަން ބޭނުންވާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އުތީމުގެ ރަށްވެހިންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ވަޒީފާ ގެއްލުން، މުސާރަ ކުޑަކުރުން، މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުން ނުވަތަ އެނޫންވެސް އެހެން ކަމެއް ދިމާވެފައިވާ ފަރާތެއް ހުރިނަމަ ކައުންސިލުގެ ފޭސްބުކު ޕޭޖްގައިވާ ގޫގަލް ފޯމް މެދުވެރިކޮށް އެކަން ކައުންސިލާއި ޙިއްޞާ ކޮށްދިނުމަށް އެކައުންސިލް އެދެއެވެ.
ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން އުތީމު ރައްޔިތުން ރައްކާތެރި ކުރުމަށާއި، އެ ރޯގާއާއި ގުޅިގެން އުތީމު ފޮނަދޫ ކައުންސިލުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!