ގެއްލިގެން ހޯދަމުންދިޔަމީހެއް ވައިގޮޅިތެރޭ މަރުވެފައި އޮއްވާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ފުހުން ބުނެފައިވަނީ މާފަންނު ގައި ހުރި ގެއަކުން މިއަދު ހެންދުނުން ފެށިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން މިރޭ 22:17 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

Ad
rt

މިހާދިސާ އާއި ގުޅިގެން އެ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އެ ގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ މިރޭ 22:36 އެހާކަންހާއިރު ފުލުހުނަށް ފެނިފައިވާކަމަށާއި އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެއެވެ. ޑރ ނާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންކަމަށާއި މިކަމާއިގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.