ށ. ފުނަދޫ ރައްޔިތުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެރަށު ކައުންސިލުން، ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އެއް ޤާއިމް ކޮށްފިއެވެ.

ފުނަދޫ ސޯސަލް ސަޕޯޓް ޑެސްކްގެދައުރު

Ad
rt

އެކައުންސިލުންވަނީ ކޮވިޑް-19 އާއި ގުޅިގެން އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ގޮތުން އެރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކޮށްފައެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފޮނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ކުރިންވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ވަގުތީ ގޮތުން އެރަށުގެ ކުޑަކުދިންގެ ޕާކު ބޭނުން ކުރުން މަނާކުރުމާއި، ވަގުތީ ގޮތުން ފުނަދޫ އައުޓް ޑޯ ޖިމް ބޭނުން ކުރުން މަނާ ކުރުމާއި އަދި އެކައުންސިލުން ހިންގާ ކުނި ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން ގޭގެއަށް ކުނި ނަގަންދާ އެކައުންސިލްގެ މުވައްޒަފުން ގޭގޭގެ ދޮރު ހުޅުވައިގެން ކުނި ނުނަގަން ނިންމައި، ގޭގެ ދޮރު ހުޅުވައިގެން ޑަސްބިން ނަގަން ނުޖެހޭގޮތް ހަދައި ދިނުމަށް ރައްޔިތުން ކިބައިން އެކައުންސިލުން ވަނީ އެދިފައެވެ.

ކުރިން އެކައުންސިލުން ވަނީ ކޮވިޑް-19 އާއި ގުޅިގެން 15 މާރިޗު 2020 އިން ފެށިގެން 14 ދުވަސް ވަންދެން ރިސޯޓުތަކުން ށ. ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފައެވެ.

މާލެ ދަތުރު ކުރުމަށާއި، ބޭންކްގެ ޚިދުމަތާއި އަދި ސިއްހީ ހިދުމަތް ހޯދުން ފިޔަވައި އެރަށަށް އެހެން ރަށްރަށުގެ މީހުން ދަތުރު ނުކުރުމަށްވެސް އެ ކައުންސިލުންވަނީ އެދިފައެވެ.