ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ހަމަލާ ދެމުން ދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނީ ‏އޮންލައިންކޮށް އެ ކުންފުނީގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރއިން މަޢުލޫމާތު ދީފައިވާކަމަށެވެ.

Ad
rt

މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އެ ކުންފުނިން ޓިކެޓުގެ ޚިދުމަތް ދެމުން އަންނަނީ އޮންލައިން ކޮށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އޮންލައިނުކޮށް އެތަންތަނުން ދޭ ޚިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

މިހާލަތުގައި އެ ފަރާތްތަކުން ދަނީ ވީހާވެސް ރަނގަޅަކަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.