ކައުންސިލް އިންތިޚާބު ޤާނޫނުގައި ބުނާ މުއްދަތުގައި ބޭއްވެން ނެތް ކަމަށް ކަނޑައަޅައިފި
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ މުއްދަތުގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އިލެކްޝަން ކޮމިޝަނުން އެކަން ޢާންމުކޮށް އިޢުލާންކޮށްފިއެވެ. ކުރިން އިންތިޚާބު ފަސްކުރުމާއި ގުޅޭ، އިލެކްޝަން ކޮމިޝަނުން (އީސީ)ގެ 12 މާރިޗު 2020 އިޢުލާނާއި ޙަވާލާދީ، އީސީއިން މިއަދު ކުރި ޢިއުލާންގައި ބުނީ 12 މާރިޗްގެ އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަ...