ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވާތީ އެޑިޔުކޭޝަނުން ކުރިއަށް ގެންދާ ޓެލިކިލާސް ތަކުގެ ކީ ސްޓޭޖް 1، 2 ގެ ފުރަތަމަ ހަފުތާގެ ތާވަލު އާންމު ކޮށްފިއެވެ.
މާދަމާއިން އަންނަ ބުރާސްފައްޗަށް ތާވަލު ކޮށްފައިވާ ކީ ސްޓޭޖް 1، 2 ގެ ޓެލިކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ކީ ސްޓޭޖް 1 ގެ ކިލާސްތައް ހަވީރު 1600 އިން 1630 އަށް ކުރިއަަށް ގެންދާ ގޮތަށެވެ.
ކީ ސްޓޭޖް 2 ގެ ކިލާސްތައް ހަވީރު 1630 އިން 1700 އަށް ކުރިއަށް ގެންދާ ގޮތަށެވެ.
މި ޓެލިކިލާސްތައްވެސް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ މިހަރު ކުރިއަށް ގެންދާ އެހެން ޓެލިކިލާސްތަކެކޭ އެއްގޮތަށް ޕީއެސްއެމާއި، ޕީއެސްއެމް ކަނެކްޓް އަދި މުއްނާރު ޗެނަލް މެދުވެރިކޮށެވެ.
ކީ ސްޓޭޖް 1،2 ގައި ހިމެނޭ ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް ޓެލިކިލާސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޢިއުލާނު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

މިހާރުވެސް އެޑިޔުކޭޝަނުން ދަނީ މަތީ ގްރޭޑު ތަކުގެ ދަރިވަރުންނަށް ޓެލިކިލާސްތައް މެދުވެރިކޮށް ކިޔަވައިދެމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިފެށޭ ހަފުތާގައިވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!