ކަރަންޓީން ފެސިލިޓީސްތަކުން ދޫކުރާ މީހުންނާއި މެދު ތަފާތު ކުރާ ވާހަކަ އަޑުއިވޭ ކަމަށާއި، އެހެން އެކަން ނުކުރުމަށް ކޮވިޑް-19 ޓާސްކު ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު އެދިވަޑައިގެންފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީނު ފަސެލިޓީއަކަށް ނުގޮސް މުޖުތަމައު ތެރޭތިބި އެންމެންނަށް ދަންނަވާލަން އޮތީ، ކަރަންޓީނު ފެސިލިޓީއަކުން މީހަކު އައުމަކީ ނުވަތަ ރިސޯޓަކުން ދޫކޮށްލެވޭ މީހަކު ރަށަށް ދިއުމަކީ އެހެން އެއްވެސް މީހެއްގެ ކިބާގައި ނެތް ނުރައްކަލެއް އެމީހާގެ ކިބާގައި ހުންނަ ކަމެއް ނޫންކަމަށެވެ.
" މިހާރު އަޅުގަނޑުމެންނަށް އެބަ އިވޭ ހިތާމަވެރި ވާހަކަތައް ރަށްރަށަށް އެމީހުން ނާރުވައި، މީހުން އެމީހުންނަކީ ބަލި ބަޔެއްކަމުގައި ބަލައިގެން، ބަލި ބަޔަކަށް ވުރެ ބޮޑަށް ދިމާވާން ބޭނުންނުވާ، ފެންނަން ބެނުންނުވާ ދަށުދަރަޖައިގެ ބަޔެއްގެ ގޮތުގައި އެމީހުންނާއި ދޭތެރޭ ކަންތައް ކުރާ ވާހަކަތައް" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އަޅުގަނޑުމެންގެ އަސްލު ސިފަ އަޅުގަނޑުމެންނަށް އެނގޭނީ މިކަހަލަ ނުރައްކާތެރި ވަގުތެއްގައި ކަމަށެވެ. ސަމާލުވުމަކީ އޮންނަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެފަދަ މީހުންނަކީ ތިމާއަށް ވުރެ ދަށު ދަރަޖައިގެ މީހަކަށް ނެހެދުން އެދޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖެ ވަށައިގެން ތޫފާނެއްހެން މުޅި ދުނިޔޭގައި މިބަލި ފެތުރެމުން ދާކަމަށާއި، ފަރުވާ ކުޑަ ނުކުރުމަށް މަބްރޫކު ރޭވެސް ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!