ކޮވިޑް-19 ގެ ސަބަބުން ލޭ ހަދިހާ ކުރާ ކޭމްޕްތައް ހުއްޓި، ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދިމާވަމުން ދާ ދަތި އިތުރަށް ބޮޑުވެ، އާންމުންގެ އެހީތެރި ކަމަށް އަނެއްކާ ވެސް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އެދިއްޖެ އެވެ.
އެކަމާއި ގުޅިގެން އެމްބީއެސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ބްލަޑް ބޭންކްގައި ލޭ ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށެވެ. ހާއްސަކޮށް 'އޯ' ޕޮޒިޓިވް އާއި 'ބީ' ޕޮޒިޓިވް ލޭ ހުރި މިންވަރު ވެސް ވަރަށް މަދު ކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ.
Our blood stock is running low, specially O positive and B positive. We are open from Sunday to Thursday from 8am to 3pm for blood donation. Please drop in to donate blood and save a life.@MoHmv @ameenex @aneelmufeed @HPA_MV
— Maldivian Blood Services (@MBS_mv) April 12, 2020
ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ވެސް ލޭ ހަދިޔާ ކުރެވޭނެ އެވެ. އެގޮތުން ހެދުނު 8:00 ފެށިގެން މެންދުރު ފަހު 15:00 އަށް ލޭ ހަދިޔާ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
މީގެ ކުރިން އެމްބީއެސް އިން ވަނީ ކޮވިޑް-19 އަށް ފަހު ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރި ކަމަށް ދެ ފަހަރަކު އެދިފަ އެވެ. އެ ފަހަރު ތަކުގައި އާންމުންވަނީ ރަނގަޅު ތަރުހީބެއްވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!