މޯލްޑިވިއަންގެ ތިން ވަނަ ކާގޯ ފްލައިޓް ރާއްޖެ އައިސްފި
ކޯވިޑް-19 އާއި ގުޅިގެން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހުއްޓާލައިފާ ޤައުމީ އެއަރލައިން މޯލްޑިވިއަން ގެ ތިންވަނަ ކާގޯ ފްލައިޓް ރާއްޖެ އައިސްފިއެވެ. މިހާލަތުގައި ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސާމާނު ގެނައުމަށް ބާއްވަމުންދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓް މިފަހަރު ކާގޯ ގެނެސްފައިވަނީ އިންޑިއާގެ ޗެންނާއީ އިންނެވެ. މިދަތުރުގައި 7760 ކިލޯގެ ކާގޯ ރާއްޖެއަށް ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެ ފްލައިޓް އައިސްފައި ވަނީ މިރެއެވެ. Our 3rd #CargoFreighter from #Chennai has arrived @VelanaAirport...