އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ނަރުހުން ކޮވިޑް-19 ގެ ހާލަތަކަށް ތައްޔާރު ކުރުމަށްޓަކައި ތަމްރީނުތައް ފުރިހަމަ ކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުން ކޮވިޑް-19 ގެ ހާލަތަކަށް ތައްޔާރު ކުރުމަށްޓަކައި ބޭއްވި ކުރިޓިކަލް ކެއަރ ޓްރެއިނިންގެ ސެޝަންތައް ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މާރިޗް 21 ވަނަ ދުވަހުވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ.

އޭގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތަކުން، ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އައު ކުރެވޭނެ ގޮތް ހަމަޖައްސާފައެވެ.