ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 91 އަށް އަރައިފިކަމަށް ހެލްތް މިނިސްޓްރީގެ ކޯވިޑް-19 ޑޭޝް ބޯޑުން ދައްކައި ފިއެވެ.

ހެލްތް މިނިސްޓްރީގެ ކޯވިޑް-19 ޑޭޝް ބޯޑުން ދައްކާ ގޮތުން ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޢަދަދު 91 އަށް އަރާފައިވާ އިރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވެފައި ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ބާރަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރޭގެ އެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް 86 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ.

Ad
rt

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަށް އަރާފައެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.