ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 12 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވި 12 މީހުން ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި، އިންޑިއާ މީހެއް ކަމަށެވެ.

Ad
rt

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1106 އަށް އިތުރު ވެފައެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 74 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.

ރާއްޖެއިން މިބައްޔަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީންނެވެ.