މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

Ad
rt

އިތުރަށް އެމްއެންޑީއެފުން ބުނީ މިރޭ 18:36 ކަށް ހާއިރު އެސްޓީއޯ ފުއް ގުދަން ސަރަޙައްދުގައި ފެން ބޮޑުވުމާއި ގުޅިގެން ޕަމްޕް ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ޓީމުން މިވަގުތު ޕަމްޕް ބޭނުން ކޮށްގެން ފެން ހިއްކަމުންދާ މާލޭގެ އިތުރު ސަރަޙައްދު ތަކަކީ، އައިޖީއެމްއެޗް ކައިރިއާއި، ދުވާ ޓްރެކް ސަރަޙައްދާއި އަދި ވެސްޓް ޕާކް ކައިރިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންއެންޑީއެފުން މިއަދު ވަނީ މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސް ކޮށްފައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެންމެއެންޑީއެފް ކޯސްޓްގާޑްގާޑަށް ލިބެމުންދާކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް ބުނެފައެވެ. އެ ގޮތުން އެ އިދާރާއިން މިއަދު ވަނީ މޫސުން އިތުރަށް ގޯސްވެ، ޅ. އަތޮޅުން ފެށިގެން އައްޑުއާއި ހަމައަށް މޫސުމާ ބެހޭ ރީނދޫ ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ މިރޭ ދަންވަރު 2:00 ން ހެނދުނު 6:00 ރީނދޫ ސަމާލު ނެރުނީ، ޅ. އަތޮޅުން އައްޑުއާއި ހަމައަށް ބޯކޮށް ވާރޭ ވެހި، ވައިގަދަވާނެތީ ކަމަަށެވެ. އަދި އާންމުކޮށް 25 މޭލާއި 30 ދެމެދުގެ ބާރުމިނެއްގައި އެ ސަރަހައްދަށް ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަަދަވާނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު ވެސް މާލެ އަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، ބާރުގަދަ ވަޔާ އެކު، ގެއްލުންތައް ވެފައި ވެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ އިއްޔެ އިން ފެށިގެން މި ދެ ތިން ދުވަހު މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މި ސަރަހައްހަދަށް މި ދުވަސްވަރު ވައި ބާރުވެފައި ވަނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރާގައި އައްޑޫ ސިޓީއަށްވެސް ވަނީ ބޯކޮށް ވާރޭވެހި ގެއްލުން ތަކެއް ވެފައެވެ.