ރާއްޖެއިން ކޯވިޑް-19އަށް އިތުރު 37 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަށް އިތުރު ވެފައެވެ.

Ad
rt

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 4:30 އާ ހަމައަށް އަލަށް ޕޮޒިޓިވްވީ 15 ދިވެހިންނާއި، ބަންގްލަދޭޝް 19 މީހުންނާއި އަދި އިންޑިއާ ތިން މީހެއް ކަމަށެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 80 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.