ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވް ވެފައި ވަނީ ހަތަރު ދިވެހިން ކަމަށެވެ. އެހެން ކަމުން އިއްޔެ މިބައްޔަށް ރާއްޖެއިން ވަނީ 16 މީހަކު ޕޮޒިޓިވް ވެފައެވެ.

Ad
rt

އެޗްޕީއޭއިން އިއްޔެ ފުރަތަމަ އަލަށް ޕޮޒިޓިވް ކަމަށް ހާމަކުރީ ބަންގަލްދޭޝްގެ 4 މީހުންނާއި ލަންކާ މީހެއް ކަމަށެވެ. އޭގެ ފަހުން ޕޮޒިޓިވްވީ 5 ދިވެހިންނާއި ބަންގަލްދޭޝް މީހެއްގެ އިތުރުން ލަންކާ މީހެއް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1094 އަށް އިތުރު ވެފައެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 58 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް މި ފެށުނު ހަފްތާއިން ފެށިގެން ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.