ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ވަނީ ކުރިން 255 ރުފިޔާ އަށް ވިއްކި ފިޔާ ބަސްތާއެއްގެ އަގު 175 ރުފިޔާ އަށް ތިރިކޮށްފައެވެ. މީގެ އިތުރުން އެކުންފުނިން ވަނީ 260 ރުފިޔާ އަށް ވިއްކި ބިސްކޭހެއްގެ އަގު 240 ރުފިޔާ އަށް ތިރިކޮށްފައެވެ.
އެސްޓީއޯ އިން ބުނީ އީސްޓޯރ އިން އޯޑަރު ދިނުމަށް ފަހު ފުލުހުންގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ޕެރިޝަބަލް ވެއަރހައުސް އަށް ދިޔުމުން އެތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 ން 15:00 ށް ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ޑެލިވަރީއަށް އޯޑަރ ކުރެއްވުމުން އެސްޓީއޯގެ ނަންބަރު 7291123 އަދި 7291125 ގުޅާލުމުން މި ޚިދުމަތް ވެސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!