ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި އެވެ. މިލޯގޯ ފާސްކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިޖަލްސާގައި ލޯގޯގެ އިތުރުން ކައުންސިލްގެ ރަސްމީ ކުލަވެސް ފާސްކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ގޯލްޑް އާއި ނޭވީ ބުލޫ އެވެ. އެކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ލޯގޯއިން ރަމްޒުކޮށް ދެނީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މާލިމީންގެ ރަށެއް ކަމ...