ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށީގެ ޖުމްލަ 14 އަށް އަރައިފި އެވެ.
ކޭއާރުއެޗްއިން ވިދާޅުވީ މިހާރު އެރަށުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން މާސްކުއަޅައި ގައިދުރުކޮށް އެއްވުންތައް ވީހާވެސް މަދުކުރުމަށް އެދިފައިވެއެވެ.
ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެ ކުއްޖާއާއި ގުޅުންހުރި ދެ މީހަކުވެސްވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ފްލޫ އޯޕީޑީއަށް ދެއްކި 16 އަހަރުގެ ކުއްޖަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
ހޯމް ކަރަންޓީނުގައި ތިބި 3 މީހަކާއި އެކު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 14 އަށް އަރާފައެވެ.
✳️ COVID-19: | Kulhudhuffushi City
4 new cases have been tested positive for Covid-19 today following samples taken at flu OPD. There could be a community spread at this moment at the City. Please wear masks, wash hands and minimize gatherings. Slow the spread - Break the Chain. pic.twitter.com/6H1DxY9Qzk
— Kulhudhuffushi Regional Hospital (@KRHmv) July 26, 2021
ހޮސްޕިޓަލުންވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ފުލޫ އޯޕީޑީއަށް ދެއްކުމަށް ނުވަތަ ހޮސްޕިޓަލްގެ ހޮޓްލައިން 7606688 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!