ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަދުން ނަގައިފި އެވެ.
މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ 24 ޖުލައި 2021 ގައި ކުޅުދުއްފުށި ސިޓީގައި އިޢުލާން ކުރެވުނު މޮނިޓަރިންގ ހާލަތު މިހާރު ވަނީ އުވާލެވިފައިކަމަށެވެ.
ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޮވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަންކުރާކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރިންގ އުވާލެވޭ ސަބަބުކަމުގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.
އެލިއުމުގައި އިތުރަށް ބުނެފައިވަނީ މިލިޔުމުގައި މޮނިޓަރިންގ އުވާލެވޭނެކަމަށް ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން، މޮނިޓަރިންގ އުވާލެވުނީކަމަށާއި އަދި މޮނިޓަރިންގގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައިސްފައިވާކަމަށެވެ.
އެސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުންނެވެ.
ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން މިދިޔަ މަހުގެ 24 އިން ފެށިގެން އެ ރަށުގައި ދިޔައީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުންނެވެ. ނަމަވެސް އިއްޔެ ވަނީ ކާފިއުވެސް އުވާލާފަ އެވެ.
އިއްޔެވެސް އެރަށުން ވަނީ ކުރިން ޕޮޒިޓިވްވި ފަރާތަކައި ބައްލަލުވި ފަރާތެއް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޖުމްލަ 11 މީހުން ބަލިން ރަނގަޅުވެފައިވާތީ، މިވަގުތު ސިޓީގައި އެކްޓިވް ކޭސްގެ އަދަދަކީ 47 އެވެ. 101 ރެންޑަމް ސާމްޕަލް ނެގިފައިވާއިރު، އެއްވެސް ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ވަޑައިގެން ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކުރައްވައިގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކޭއާރުއެޗްއިން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!