އަންހެނުންގެ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށްފި، ރައީސްއަށް 6000، މެންބަރަކަށް 4000 ރުފިޔާ
އަންނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މުސާ ބޮޑުކުރަން ނިންމައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ސޮއިކުރަށްވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު އަފްޝަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވާގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު...