ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Ad
rt

އެމްއެންޑީއެފް އިން ވިދާޅުވީ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި ރޭ 20:41 ގައިކަމަށް އެމްއެންޑީއެފް އިން ވިދާޅިވި އެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން 1 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުންކަމަށެ ހާމަކުރި އެވެ.

ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން ގެނައި ލޯންޗެއްގައި ވަނީ މާލެ ގެނެސްދީފައެވެ. އަދި އެކްސިޑެންޓްވި ލޯންޗު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށުން ވަނީ މާލެ ގެނެސްދީފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ޙާދިސާ އިތުރަށް ބަލަމުންނެވެ.