މިނިވަންދުވަހާއި ގުޅިގެން ފްލައިމީގެ ޝެޑިއުލްއަށް ހާއްސަ ބަދަލުތަކެއް ނުގެނައި ކަމުގަ ވީނަމަވެސް، ތަފާތުކަމެއް ވަނީ ކޮށްފައެވެ.
އެގޮތުން ފްލައިމީއިން މިއަދު އެ އެއާލައިންގެ ކްރޫއިން ދަތުރުތައްކޮށްފައިވަނީ ގައުމީ ދިދަ ޖަހާފައިވާ ޓީޝާޓްގައެވެ.
މީގެ ކުރިން އެ އެއާލައިނުން ކުލަގަދަކޮށް އެކި ދުވަސްތައް ފާހަކޮށްފައިވާއިރު އެންމެ ފަހުން ވަނީ ނިމި ދިޔަ އަޟްހާ ޢީދު ފާހަގަކޮށް އެދުަވަހު ފްލައިމީއިން ދަތުރުކުރި ހުރިހާ ދަތުރުވެރިންނަށް ހަދިޔާއެއްވެސް ދީފައެވެ.
މީގެ އިތުރު ފްލައިމީއަށް މިއަހަރު 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން މަސައްކަތްކުރަމުން ދާކަމަށާއި އަދި މިފަދަ ހާއްސަ އެހެން ދުވަސްތައްވެސް ތަފާތު ހާއްސަ ކަމަކާއެކު ފާހަގަކުރުމުގެ މަސައްކަތް އަބަދުވެސް ކުރާނެކަމަށް ފްލައިމީއިން ވަނީ ބުނެފައެވެ.
2011 ވަނަ އަހަރު އެތެރޭގެ އުދުހުންތައް ފްލައިމީއިން ވަނީ މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުތައްވެސް ފަށާފައެވެ.
ފްލައިމީގައި އޭޓިއާރް މަރުކާގެ 4 މަތިންދާ ބޯޓު މިވަގުތު އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ، 72 ގޮނޑީގެ އޭޓީއާރް 600-72 ބޯޓާއި، 68 ގޮނޑީގެ އޭޓީއާރް 500-72 ދެ ބޯޓާއި، 48 ގޮނޑީގެ އޭޓީއާރް 500-42 ބޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!