ހދ. ކުމުންދޫ ފަޅުތެރެއަށް ސަޕްލައި ދޯންޏެއް ފެތިއްޖެ އެވެ.
މިދޯނި ފެތިފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިދޯނި ފުންކޮށްފައިވަނީ ކުމުންދޫގެ ރައްޔިތުންގެ އެހީތެރިކަމާއި އެކުއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، ހާދިސާގައި މި ސަޕްލައި ދޯނި ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ އެވެ. ދޯނި ވަނީ އެއްކޮން ފުނޑުވެފަ އެވެ.
70 ފޫޓުގެ މިދޯންޏަކީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ދޯންޏެކެވެ.

ކުމުންދޫ ފަޅަކީ މޫސުން ގޯސްވެއްޖެ ނަމަ މިފަދަ ހާދިސާތައް ހިނގަމުން އަންނަ ފަޅެކެވެ.
މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ.އަތޮޅަށް އިއްޔެ ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!