ތިލަދުންމަތީ އުތުރު އަދި ދެކުނު ބުރިއަށް އަމާޒުކޮށް ޖަމާއަތުގެ ބައިވެރިވުމާއިއެކު ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް މި އޯގަސްޓްމަހު 12 އިން ފެށިގެން ހިންގުމަށް ތައްޔާރުވެއްޖެ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ޖަމާއަތުގެ ބައިވެރުވުމާއެކު މެނޭޖްކުރުމާއިއެކު ދެމެހެއްޓެނިވި ތަރައްގީއާ އަދި ފޮޓޯގްރަފީ އާއި ވީޑިއޯ ގްރަފީއިން މަޢުލޫމާތު ދިނުން ހިމެނެއެވެ.

Ad
rt

ފަހަކަށް އައިސް ހއ. އަދި ހދ ގެ ކުޅިތައް އާދަޔާ ޚިލަފަށް މަރުވަމުން ދާ މައްސަލާގައި ރަށްރަށުގެ ރައްޔިތުން ކަންބޮޑުވުމާއެކު އެކަން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައެވެ. މިގޮތުން އަސަރުކޮށްފައިވާ ކުޅިތަކުގެ ތެރޭގައި ހއ ހދ އަތޮޅުގެ އެންމެ ބޮޑެތި ގުދުރަތީ ގޮތުން މުއްސަނދި، ނޭކުރެންދޫ، ކެލާ، ފަދަ ރަށްރަށުގެ ކުޅިތައް ހިމެނެއެވެ.

ވުމާއިއެކު މި ޕްރޮގްރާމަކީ މިވަގުތަށް ބޭނުންތެރި އަދި ޚާއްސަކޮށް ޒުވާނުންގެ މެދުގައި އެފަދަ ތަންތަން ހެޔޮގޮތުގައި ބެލެހެއްޓުމުގެ މުހިންމު ކަމާބެހޭ ގޮތުން ގިނަ މަޢުލޫމަތު ތަކެއް ލިބިދޭނެ ޕްރޮގްރާމެކެވެ.

ލޭންޑްސީ މޯލްޑިވްސްއިން މަޢުލޫމަތު ދެއްވާ ގޮތުގައި މި ޕްރޮގްރާމްގައި ބޭނުމަކީ ކުރިމަގުގައި މިފަދަ ތަންތަން މެޕް ކުރުމަށްޓަކައި ކޮމިއުނިޓީ މޯބަލައިޒް ކޮށް މަޢުލޫމާތު ހޯދުމާއި ރައްކާކުރުމެވެ.

އެއާއެކު ދެމެހެއްޓެނިވި ގޮތެއްގައި މިތަންތަން މޮނިޓަރ ކުރުމާއި އަދި ރައްޔިތުންގެ ބައިވެރިވުމާއެކު މެނޭޖްކުރުމަށް ފަސޭހަވެގެން ދާނެކަމަށް އެފަރާތުން ދެކެއެވެ.

މި ޕްރޮގްރާމަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ލޭންޑް ސީ މޯލްޑިވްސް އިން ގްލޯބަލް އެންވަޔަރަމަންޓަލް ފެސިލިޓީގެ އެހީއާއެކު ހިންގާ ޕްރޮގްރާމެކެވެ.

ބައިވެރިވުމަށް އެދޭ ފޯމް