މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޮވިޑް19ގެ ކޭސްތައް ފެނުމާ ގުޅިގެން ހދ.ކުޅުދުއްފުށި ސިޓީގައި އިއުލާންކުރި ކާފިއު އުވާލައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ، މިއަދުން ފެށިގެން ކާފިއު އުވާލާފައިވާ ކަމަށާއި ނަމަވެސް ކުޅުދުއްފުށި އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމުން ކައުންސިލުގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

Ad
rt

އަދި ޒަރޫރީ ބޭނުމަކަށް ފިޔަވައި ގެއިން ބޭރަށް ނުނިކުތުމަށް އެދޭ ކަމަށާއި ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހިދާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން މިދިޔަ މަހުގެ 24 އިން ފެށިގެން އެ ރަށުގައި ދިޔައީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުންނެވެ.

ކުޅުދުއްފުށިން މިއަދު ވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވިއިރު އެ ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 47 އަށް އަރާފައެވެ. މިއަދު 11 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.