ހދ. ކުމުންދޫ ސްކޫލުގައި ކުރިއަށްގެންދިޔަ "ސްކައުޓް އަހަރީ ކޭމްޕް 2026" ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ކުމުންދޫ ޕޮލިސް ޕޯސްޓާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ޓީމް ބިލްޑިންގ ސެޝަނެއް ބާއްވައިފިއެވެ.
ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ މި ސެޝަން، ކޯޑިނޭޓްކޮށް، ނަންގަވައިދެއްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ސާޖަންޓް ޙަސަން އިބްރާހީމެވެ.
މީގެއިތުރުން، މި ސެޝަންގައި ކުމުންދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން ސީނިއަރ ސާޖަންޓް އަޙްމަދު ލިޝާން އަދި ސާޖަންޓް އަޙްމަދު ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުމުންދޫގައި މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދެވެ.
މި ކޭމްޕަކީ 2026 އޮގަސްޓް 22 އިން 24 އަށް އެރަށުގައި ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!