ހދ. ނޮޅިވަރަމް ސްކޫލުގައި ކުރިއަށްގެންދާ "ކެޑޭޓް އަހަރީ ކޭމްޕް 2026" ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން، ޓީމް ބިލްޑިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހދ.އަތޮޅު ޕޮލިހުން މަޢުލޫމާތުދޭ ގޮތުގައި އޮގަސްޓް 23 ވަނަދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި، ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސެޝަނެކެވެ.

Ad
rt

މިއީ މިހާތަނަށް ނޮޅިވަރަމް ސްކޫލުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކޭމްޕެވެ. މި ކޭމްޕުގައި 5 ސްކޫލަކުން ޖުމްލަ 200 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިކޭމްޕްގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. ނޮޅިވަރަމް ސްކޫލް، ހދ. ހަނިމާދޫ ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ހއ. އިހަވަންދޫ ސްކޫލެވެ.

ނޮޅިވަރަން ސްކޫލްގައި މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 22 އިން 25 އޯގަސްޓް 2026 އަށެވެ.

މި ދުވަސްވަރަކީ ސްކޫލްތަކުގެ ކޭމްޕްތަކަށް ތައުލީމީ ކަލަންޑަރުން ހާއްސަކޮށްފައިވާ ދުވަސްވަރެވެ. މި ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދަނީ ކެޑޭޓާއި ސްކައުޓް ކޭމްޕްތައް ބާއްވަމުންނެވެ.