ހދ. ހަނިމާދޫގައި ކުރިއަށްދިޔަ އަފީފުއްދީން ސްކޫލުގެ "ގާލް ގައިޑް ކޭމްޕު"ގެ ދަރިވަރުންނަށް މުހިންމު ދެ ސެޝަނެއް ފުލުހުނަ ކުރިއަށް ގެންގޮސްދީފައިވެއެވެ.
ހދ ޕޮލިހުން ހާމަކުރި ގޮތުގައި، އަފީފުއްދީން އަފީފުއްދީން ސްކޫލުގެ "ގާލް ގައިޑް ކޭމްޕު"ގެ ބައިވެރިންނަށް ޓީމް ބިލްޑިންގ ސެޝަނެއް، ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ވަނީ ކުރިއަށް ގެންގޮސް ދީފައެވެ. މި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ޖުމްލަ 47 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ، ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި، ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާވެ، އިތުރަށް ތަރައްޤީވުމަށް ލިބިދޭ ބާރެކެވެ.
މީގެއިތުރުން ހދ. ހަނިމާދޫގައި ކުރިއަށްދިޔަ އަފީފުއްދީން ސްކޫލުގެ "ގާލް ގައިޑް ކޭމްޕު"ގެ ބައިވެރިންނަށް، ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ޕީޓީ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަނުގައި ޖުމްލަ 20 ދަރިވަރުން ބައިވެރިވެފައިވާކަމަށް ހދ.ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.
މި ދެ ސެޝަން ވެސް ނަންގަވައިދެއްވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމްޖަދު ޢަލީ އާއި ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ އޮފިސަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!