އަމިއްލަ ފަރާތަކުން، އުތީމުގައި ފްލެޓް ޢިމާރާތް ކޮށްދިނުމާއި، ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް، އުތީމު ކައުންސިލުން ބުނެފިއެވެ.
އެ ފަރާތުން ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން، ގެދޮރު އިމާރާތް ކުރުމަށާއި، ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށްދިނުމަށް ކޮންޓްރެކްޓަރ ކައުންސިލަށް ހުށަހަޅާފައިވާތީ އުތީމު ކައުންސިލުން މިހާރުވަނީ އެކަން އާއްމުކޮށް އަންގަައި އިޢުލާނުކޮއްފައެވެ.
އެހެންކަމުން މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމް މެދުވެރިކޮށް މައުލޫމާތު ޙިއްސާ ކުރެއްވުމަށް އުތީމު ކައުންސިލުން އެދިފައިވެއެވެ.
މި ކަމަށް އެދި، ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ، 06 ސެޕްޓެމްބަރ 2026ގެ 14:00އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!