ހއ. ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ) ގެ ފަރާތުން އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން، "އިލެކްޓްރިކް ވޯކްޝޮޕެއް"ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ކޮމެޓީއިން މަޢުލޫމާތު ދޭ ގޮތުގައި، 18 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.އަދި މިއީ އެއްވެސް ފީއަކާ ނުލައި، ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމުގައި ވެސް އެ ކޮމެޓީން ބުނެފައިވެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި ފުރުސަތު ހުޅުވާލައި ކުރި އިޢުލާނުގައި ބުނާ ގޮތުގައި، ބާރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައިވާ ލިންކު މެދުވެރިކޮށް، ފޯމް ފުރުއްވައިގެން މި ޕްރޮގްރާމްގައި ބައިވެރި ވެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 26 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
އޭގެއިތުރުން މިކަމާގުޅޭ މައުލޫމާތު ސާފު ކުރެއްވުމަށް 7470941 ނަންބަރު ފޯނަށް ގުޅުއްވުމަށާއި 7930016 ނަންބަރަށް ވައިބަރ ކުރެއްވުމަށް ވެސް އެ ކޮމެޓީން މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!