ށ. އަތޮޅުގައި އެމްއެންޑީއެފުން އޮޕަރޭޓްކުރާ ސީ އެމްބިއުލާންސް ޑޮކް ކުރާ ރަށަކީ އަތޮޅުގެ މެދުގައި އޮންނަ ފޯކައިދޫ ކަމުގައި ހަމަޖެއްސުމާ ގުޅޭގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއެކު ފޯކައިދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ފޯކައިދޫ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް، އެމްއެންޑީއެފް ނޮދާން އޭރިޔާ ކޮމާންޑާ ބްރިގޭޑިޔާ ޖެނެރަލް އިސްމާޢީލް ޝަރީފު އެ ރަށަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ބޭއްވި ބައްދަލުވުމުގައެވެ.

Ad
d

މި ބައްދަލުވުމުގައި ށ. އަތޮޅުގައި އޮޕަރޭޓްކުރާ ސީ އެމްބިއުލާންސް ފޯކައިދޫގައި ޑޮކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ އިދާރީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ފޯކައިދޫ ކައުންސިލުން ހާމަކުރެއެވެ.

Ad
df

މީގެއިތުރުން، ކައުންސިލުން ހިންގަން ރާވާފައިވާ އެކިއެކި ޕްރޮގްރާމްތަކުގައި އެމްއެންޑީއެފްގެ ބައިވެރިވުމާއި ފަންނީ އެހީތެރިކަން ހޯދުމަށާއި، ޑިޒާސްޓާ އެންޑް ރިސްކް މެނޭޖްމަންޓް ޓާސްކް ފޯހަށް ބޭނުންވާ ބޭސިކް ސޭފްޓީ އަދި ޕްރިކޯޝަނަރީ ތަމްރީނުތައް އެމްއެންޑީއެފް މެދުވެރިކޮށް ހޯދުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި އަސްކަރީ ޚިދުމަތާ ގުޅުމަށް ރަށުގެ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.