ޗެމްޕިއަންޓީމަށް 10،000ރުފިޔާގެ ފައިސާގެ އިނާމާއެކު، ހއ. ތުރާކުނު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، "ކައުންސިލް ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދޭ މި މުބާރާތުގައި ރަނަރަޕްޓީމަށް، 5000ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 2،500ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ، މި މުބާރާތުގައި ބައިވެރިވުމަށް އެ ކައުންސިލުން މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

Ad
d

ތުރާކުނު ކައުންސިލުން ހާމަކުރާ ގޮތުގައި، މި މުބާރާތުގައި ހަމައެކަނި ތިން ޓީމު ބައިވެރިވާނަމަ، މުބާރާތުގެ ޗެމްޕިއަންޓީމަށް ލިބޭނީ 8000ރުފިޔާއެވެ. އަދި ރަނަރަޕްޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ފެއާޕްލޭޓީމަށް ލިބޭނީ 1،500ރުފިޔާއެވެ.

ތުރާކުނު ކައުންސިލުން ބުނި ގޮތުގައި، ހއ.ތުރާކުނުގެ މުޢައްސަސާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ރަށުގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރި އަދި ކްލަބް ޖަމްޢިއްޔާތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ މި ފަރާތްތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ދަމަހައްޓައި، މުޖުތަމަޢުގައި އޮންނަ ގުޅުން ބަދަހިކޮށް، ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ހަރަކާތްތަކެއް ހިންގުމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓީމް ރަޖިސްޓްރީ ކުރާ ފޯމް ހުށަހަޅަންޖެހޭ ސުންގަޑި އަކީ 16 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ހުށަހަޅަންޖެހޭ ސުންގަޑި އަކީ 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

ތުރާކުނު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި މުބާރާތުގެ ޤަވާޢިދާއި، ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު، ތުރާކުނު ކައުންސިލް އިދާރާއިންނާއި ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އެ އިދާރާއަށް ފޯމު ހުށަހެޅުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.

Ad
df