Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
160 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެ, ދައުލަތުގެ އާމްދަނީ މައްޗަށް
Raajje

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެ, ދައުލަތުގެ އާމްދަނީ މައްޗަށް

ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އާމްދަނީ އިތުރުވެ ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި މިމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބެލިއިރު، 16.1 އިންސައްތަ އިތުރުވެ، 100،000 އަށް ވުރެއް އިތުރުވެފައިވެއެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރުމަހު ކޮންމެ މަހަކު 200،00 ފަތުރުވެރިން ހަމަވާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށް...

ޑްރަގްގެ މައްސަލާގައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރު
Raajje

ޑްރަގްގެ މައްސަލާގައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރު

ހުޅުމާލެ ފޭސް 2 ގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ ނޭކުރެންދޫ / ސާޒް އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގެއާގެ އުމުރުން 36 އަހަރުގެ މުޙައްމަދު ޒައީންއެވެ.  ފުލުހުން ބުނީ،، މިމަހު 19 ވަނަ ދުވަހު މި އޮޕަރެޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެނސް ގުޅިގެން ކަމަށެވެ. މި އޮޕަރ...

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި
Thiladhunmathi News

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ “ސްކޫލް ގްރާންޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލްގެ “ސްކޫލް ގްރާންޓް ޕްރޮގްރާމް އުޞޫލު”ގައި ބުނެފައިވާ ގޮތުން މި ގްރާންޓް ދޫކުރަނީ އެ ސްކޫލްތަކަށް އެހީދިނުމުގެ މަޤުސަދުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށެވެ. އަދި ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން މި އުޞޫލުގެ ދަށުން ގްރާންޓް ދޫކުރެވޭނީ ކުޅުދުއްފ...

ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ކުރިއަށް
International

ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ކުރިއަށް

ތިލަދުންމަތީގެ 26 ރަށެއްގައި ދަނޑުވެރިކަމާއި ބެހޭ ތަމްރީނުތަކެއް ކުރިއަށް ދާކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. އެގޮތުން ހދ، ހއ އަދި ށ އަތޮޅުގެ ރަށްތަކުގައި މި ތަމްރީންތައް ކުރިއަށްދާއިރު، މިއީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް، އިފާޑާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް، މެޕްގެ ދަށުން ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕްގެ ދަށުން ހިންގާ މި ޕްރޮގްރާމްތަކުގެ އަމާޒަކ...

ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް

ކުޅުދުއްފުށި ސިޓީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެދިލެއްވުމަށް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރުގްރާމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި، ރަށުގެ އިދާރާތަކުގެ ގިނަ މުވައްޒަފުންގެ އިތުރުން ހދ އަތޮޅަށް ނިސަބަތްވާ ކައުންސިލްތަކުގެ ބައެއް މުވައްޒަަފުންވެސް ވަނީ ބައިވެރިވެފައެވެ.  އެގޮތުން މި ޕް...

ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން “ފިނިފެހި ނާސަރީ” ގެ ނަމުުގައި ކުޅުދުއްފުށީގައި އައު ނާސަރީ އައުޓްލެޓެއް މިއަދު ހުޅުވައިފިއެވެ. “ފިނިފެހި ސިޓީ” މި އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކާ ގަސްމުޑުވަށް ކުރުމުގެ ގޮތުން މި ނާސަރީ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.  ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުޅުދުއްފުށީ ސިޓީ ފިނިކޮށް ފެހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ރަށުގެ ބައިއޯޑައިވަރސިޓީ އ...

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ
Thiladhunmathi News

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ

ކުޅުދުއްފުށި ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އެ ޕިކަޕު ދުއްވާފައި ދިޔަ ބާރުމިނުގައި މަގު މެދުގައި އިން ވަޅުގަނޑަކަށް ޖެހި ކޮންޓްރޯލުން ނެއްޓިގެން ގޮސް އެއާޕޯޓުގެ ފެންސުގައި ޖެހުނީއެވެ. މިހާދިސާގައި ޕިކަޕުގެ އިތުރުން ފެންސަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގުމުން ފުލުހުން ވެސް ވަނީ އެ […]

ކުޅުދުއްފުށީ މީހަކަށް މިޔަރެއްގެ ހަމަލާ، އުޅުނީ ގޮވައިގެން އަޑިއަށް ދާން
Thiladhunmathi News

ކުޅުދުއްފުށީ މީހަކަށް މިޔަރެއްގެ ހަމަލާ، އުޅުނީ ގޮވައިގެން އަޑިއަށް ދާން

ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ފަރުވާދޭން ފަށައިފިއެވެ. މަންޒަރު ދުށް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ގާތްގަނޑަކަށް 7 ޖަހާއިރު މި މީހާ މަސްހިފަން ފޭބިތަނުން މިޔަރު އެރިގޮތައް އަރާ ގައިގަ ހިފުމަށްފަހުު މީހާ ގޮވައިގެން އަޑިއަށް ދިއުމަށް ވަނީ މަސައްކަތްކޮށްފައެވެ. ކޭއާރުއެޗުގައި މަސައްކަތް ކުރަމުންދާ އޮފިޝަލަކު މަައުލޫމާތުދެއްވި ގޮތުގައި މި ހަމަލާއާ ގުޅިގެން އަނިޔާ ލިބ...

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިޔާވެހި ލޯނަށް ހުށަހެޅުމަށް ކުރެހުންތައް ފާސްކުރުމުގެ ސުންގަޑި ދީފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިޔާވެހި ލޯނަށް ހުށަހެޅުމަށް ކުރެހުންތައް ފާސްކުރުމުގެ ސުންގަޑި ދީފި

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާވެހި ލޯން ސްކީމަށް ކުރިމަތިލުމުގެ ގޮތުން ލޯން ސްކީމަށް ހުށަހެޅުމުުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރަހުންތައް ކުޅުދުއްފުށި ސިޓީ ކައުންސިލަަށް ހުށަހެޅުމުގެ ސުންގަޑި އެ ކައުންސިލުން ދީފިއެވެ. ގެދޮރުވެރިކަަމާއި ބިނާރާ ބެހޭ ވުޒާރާއިން މި ލޯން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަސްް ކަމަށް ވަނީ ކަނޑައަޅަފައެވެ. އެހެންވެ، ކޮންމެ ދުވަހަކުވެސް ކައުންސިލަށް ގިނަ އަދަދަކަށް ފޯމު ހުށަހަޅަމުން ދިއުމާއެކު ޢިމަރާތްކުރުމުގެ ކުރެހުންތައް ޗެކުކޮށ...

ރައްވެހިންގެ ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
Thiladhunmathi News

ރައްވެހިންގެ ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

އއ އުކުޅަހުގައި ބޭއްވި “ރައްވެހިންގެ ސައްލާ” ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލް ތަމްސީލް ކުރެއްވީ ކައުންސިލަރ ޢާތިފާ އަލީ އާއި ރިލްވާން މުޙައްމަދު އަދި ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް އެވެ. އޭޕްރީލް 12 އަދި 13، މި ދެދުވަހު ބޭއްވުނު މި ސައްލާއަކީ ޔޫ.އެން.ޑީ.ޕީ މޯލްޑީވްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ ބައިވެރިވުމާއި ލޯކަލް ގަވަނަންސް އާއި ބެހޭގޮތުން ބޭއްވުނު ސައްލާއެކެވެ. އެގޮތުން […]

ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލުން ގުޅިގެން އަންހެނުންނަށް އަމާޒުކޮއްގެން ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމިގެ މައިގަނޑު މަޤުސަދަކީ، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލުން ގުޅިގެން ރަށުގެ އަންހެނުންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން، ކުރިއަށްގެންދެވޭ ބާޒާރެއް އުފެއްދުމެވެ.  އެގޮތުން މި ޕްރޮގްރާމުގައި އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމަށް ގްރޫޕްތަކަށާއި ވަކި ވަކި ފަރުދުނ...

ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް
Thiladhunmathi News

ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް

ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ. ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް...

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ފަށައިފި
Thiladhunmathi News

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ފަށައިފި

ށ އަތޮޅުގެ ރަށްތައް ހިމެނޭހެން ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުން ގާއިމުވެތިބި ރަށްރަށުގައި މޭވާ ގަސް އިންދުމުުގެ ހަރަކާތްތަކެއް ފަށައިފިއެވެ. ފުލުހުން ދިވާޅުވި ގޮތުގައި އަޕަރ ނޯތު ޕޮލިސް ގެ ހުރިހާ ރަށެއްގައި ވަރަށް ފުރިހަމަ އަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮމަންޑޫ އާއި ފޯކައިދޫގެ އިތުރުން ފޭދޫ ގައިވެސް މި ހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ހަރަކާތުގައި ބައިވެރިވުމުުގެ ގޮތުން އެ ރަށެއްގައި މަސައްކަތްކުރާ ފުލުހުންނާއި […]

ށ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ށ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި

ށ.އަތޮޅުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އެ އަތޮޅުގެ ކައުންސިލުން ފަށައިފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ 17 ރަށަކުން މިހާރު އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާއިރު، ށ އަތޮޅު ކަ...

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުން ހދ.އަތޮޅު ކައުންސިލްގެ ޝުކުރު ރައީސަށް
Raajje

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުން ހދ.އަތޮޅު ކައުންސިލްގެ ޝުކުރު ރައީސަށް

އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރައްވައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެންނެވި އިޞްލާޙާ ގުޅިގެން ހދ. އަތޮޅު ކައުންސިލުން ޝުކުރު ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ދަންނަވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ފަލަސްތީނުގައި ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ޒިންމާވާ ޞަޙްޔޫނީ ޔަހޫދީން ހިތް އުފާކޮށް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް މި ދީބުގެ ހަމަހިމޭން ރަށްތައް ހުޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް، މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގެ...