ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލުން ގުޅިގެން އަންހެނުންނަށް އަމާޒުކޮއްގެން ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމިގެ މައިގަނޑު މަޤުސަދަކީ، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލުން ގުޅިގެން ރަށުގެ އަންހެނުންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން، ކުރިއަށްގެންދެވޭ ބާޒާރެއް އުފެއްދުމެވެ.
އެގޮތުން މި ޕްރޮގްރާމުގައި އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމަށް ގްރޫޕްތަކަށާއި ވަކި ވަކި ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ.
ގްރޫޕްކޮށް ބައިވެރިވާނަމަ 3 މީހުންނާއި 7 މީހުން އެކުލެވޭނެހެން ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ސްޓޯލަކުން ރަޖިސްޓަރ ކުރުމަށްފަހު 80 ރުފިޔާ ކޮމިޓީއަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް ރަޖިސްޓަރ ވުމަށްފަހު ބައިވެރިނުވެއްޖެނަމަ 200 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ވާހަކަ އިއުލާންކޮށްފައިވެއެވެ.
17 މެއި 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ، 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމު ލިބެން ހުންނާނީ ފިއްލަދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9779875/783540 އަށް ގުޅުމަށް ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެދިފައެވެ.
މި ބާޒާރުގައި ބައިވެރިން ވިއްކާ ތަކެތި ވިއްކުމަށްފަހު ލިބޭ ފައިސާއަކީ ބައިވެރިންގެ ފައިސާ ކަމުގައި ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!